Last Updated: July 1, 11:57
Wednesday, July 1, 2026
ޚަބަރު

އެންމެ ބޮޑު ކާމިޔާބު ހޯދި އެއް ސްކޫލަކަށް "ޝަރަފުއްދީން"

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދި އެއް ސްކޫލަކަށް އައްޑޫ އެންމެ ބޮޑު ސްކޫލް "ޝަރަފުއްދީން" ސްކޫލް ހޮވިއްޖެ އެވެ.

ޝަރަފުއްދީން ސްކޫލާއި އެކު ދެން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައި ވަނީ އަމީނިއްޔާ ސްކޫލާއި ދަރުމަވަންތަ ސްކޫލެވެ.

ޝަރަފުއްދީންގެ 47 ދަރިވަރަކު ވަނީ ގަދަ ދިހައެއްގައި ހިމެނިފައެވެ. ރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރާއްޖޭން ގަދަ ދިހައެއްގައި ހިމެނުނު 426 ކުއްޖަކަށް ވަނީ އެވޯޑް އަރުވާފަ އެވެ.

ރޭގެ ރަސްމިއްޔާތުގައި 100 ޕަސެންޓް މާކްސް ހޯދައިގެން ދުނިޔޭގެ އެއްވަނަ ހޯދި ފަސް ދަރިވަރަކަށް ރައީސް ވަހީދު ވަނީ އެވޯޑް ދެއްވާފަ އެވެ.

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުން 37 ކުއްޖަކު ވަނީ އެއް ވަނަ ހޯދާފަ އެވެ. އަދި ދެވަނައިގައި 87 ދަރިވަރުން، ތިން ވަނައިގައި 18 ދަރިވަރުން، ހަތަރު ވަނައިގައި 76 ދަރިވަރުން، ފަސް ވަނައިގައި 40 ދަރިވަރުން، ހަ ވަނައިގައި 53 ދަރިވަރުން، ހަތް ވަނައިގައި ނުވަ ދަރިވަރުން، އަށް ވަނައިގައި 54 ދަރިވަރުން، ނުވަ ވަނައިގައި 30 ދަރިވަރުން އަދިި ދިހަ ވަނައިގައި 22 ދަރިވަރުން ހިމެނިފައި ވެ އެވެ.