Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ގާސިމް އަކީ ޖަވާހިރެއް: ނިހާނު

ޕީޕީއެމް ޕީޖީ ލީޑަރ ނިހާނު، ފޮޓޯ: ރާއްޖެއެމްވީ

މަޖްލިސްގެ ރައީސް ގާސިމް އިބްރާހިމް އަކީ ޖަވާހިރެއް ކަމަށް ވިދާޅުވެ ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ގާސިމްއަށް ތައުރީފު ކުރައްވައިފިއެވެ.

ނިހާނު ގާސިމްއަށް ތައުރީފު ކުރައްވާފައިވަނީ ރައީސް ނަޝީދަށް ފާޑުވިދާޅުވުމާއި ގުޅިގެންނެވެ.

ގާސިމް ވަނީ ޒިނޭ ކުރުމަށް ހިތްވަރު ލިބޭ ގޮތަށް ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާފައެވެ. ގާސިމް ވަނބީ ފާއިތުވި ދެ ދުވަހު ރައީސް ނަޝީދަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

ގާސިމް އެމްޑީޕީއަށާއި، ރައީސް ނަޝީދަށް ފާޑު ވިދާޅުވަމުން ގެންދަވާތީ ރައީސް ޔާމީންގެ ސަޕޯޓަރުން ދަނީ ގާސިމްއަށް ތައުރީފު ކުރައްވަމުންނެވެ.