Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

އާ އަހަރު ފާހަގަ ކުރުމަށް އައްޑޫގައި ހަވާ އަރުވަން ފަށައިފި

މީލާދީ އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން އައްޑޫގައި ހަވާ އެރުވުމުގެ ކުޅިވަރުތައް ފަށައިފި އެވެ.
މިކަން ކުރިއަށް ދަނީ އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ސަރަހައްދުގަ އެވެ، އެމްއެންޑީފުން ބަޑި ބޭހުގެ ކުޅިވަރުތައް ކުރިއަަށް ގެންދާ އިރު، އައްޑޫގެ ގުޅިފައިވާ ރަށްރަށުގެ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ކުޅިވަރު ބެލުމަށް އީސީސީ ސަރަހައްދަށް ޖަމާވެފައިވެ އެވެ.
މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ އީސީސީ ސަރަހައްދުގައި ކުރިއަށް ގެންދާ ބަޑި ބޭހުގެ ކުޅިވަރަކީ ޑިވެލޮޕް އައްޑޫ އާއި މާވަހި އަދި ޓޭކް ފަދަ ޖަމިއްޔާތަކާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ބާއްވާ ހަރަކާތެއް ކަމަށެވެ.

އަދި މިކަމަށް އެމްއެންޑީއެފާއި އެސްޔޫއެލް އާއި މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.