Last Updated: June 10, 09:20
Wednesday, June 10, 2026
ޚަބަރު

އެމްޑީޕީ މަޖްލިސް ޕްރައިމަރީ ވޯޓުލުން ކުރިއަށް

* ޕްރައިމަރީގެ ވޯޓްލުން ކުރިއަށް ގެންދާނީ މެންދުރު ފަހު 2:30 އިން ރޭގަނޑު 8:30 އަށް
* ޕްރައިމަރީގައި 279 ކެންޑިޑޭޓުން ވާދަކުރޭ
* ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު 86،091 މީހުންނަށް ލިބިގެންވޭ

އަންނަ މަޖްލިސް އިންތިހާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް މުޅި ރާއްޖޭގައި ކުރިއަށް ގެންދާ އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.

މިއަދުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް އެމްޑީޕީން ނިންމާފައިވަނީ މިއަދު މެންދުރު 2:30 އިން ފެށިގެން މިރޭ 8:30 ޖެހުމާއި ހަމައަށެވެ.

އެމްޑީޕީ ޕްރައިމަރީގައި އައްޑޫގެ ހަތް ދާއިރާއަށް ޖުމްލަ 24 ކެންޑިޑޭޓުން ވާދަކުރެއެވެ. އެގޮތުން އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރަނީ ހިތަދޫ އުތުރު ދާއިރާއަށެވެ. އެދާއިރާއަށް ފަސް ކެންޑިޑޭޓުން ވާދަ ކުރާއިރު ހިތަދޫ މެދު ދާއިރާއަށް ހަތަރު ކެންޑިޑޭޓުން ވާދަ ކުރެއެވެ.

ހިތަދޫ ދެކުނު ދާއިރާއިން ތިން ކެންޑިޑޭޓުން ވާދަ ކުރާއިރު، މަރަދޫ ދާއިރާއަށް ތިން ކެންޑިޑޭޓުން ވާދަ ކުރެއެވެ. ފޭދޫ ދާއިރާއަށް ދެ ކެންޑިޑޭޓުން އަދި ހުޅުދޫ ދާއިރާއަށް ހަތަރު ކެންޑިޑޭޓުން ވާދަ ކުރާއިރު މީދޫ ދާއިރާއަށް ތިން ކެންޑިޑޭޓުން ވާދަ ކުރެއެއެވެ.

އައްޑޫގެ ހުރިހާ ސަރަހައްދެއްގައި ވޯޓުލުން ފެށިފައިވާ އިރު އައްޑޫއަށް މޫސުމް ގޯސްވެ ބޯކޮށްދަނީ ވާރޭ ވެހެމުންނެވެ.