Last Updated: July 25, 11:22
Saturday, July 25, 2026
ޚަބަރު

އެމްޑީޕީ ޕްރައިމަރީ: ވަގުތީ ނަތީޖާތައް

އެމްޑީޕީގެ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީގެ ވަގުތީ ނަތީޖާތައް އެޕާޓީން އިއުލާން ކުރަން ފަށައިފިއެވެ.

އައްޑޫ ސިޓީގެ ހަތް ދާއިރާގެ ޕްރައިމަރީވެސް ބާއްވާފައިވާއިރު މިހާރު މަޖިލީހުގައި ތިއްބެވި އެމްޑީޕީ ފަސް މެމްބަރުންގެ ތެރެއިން ތިން މެމްބަރުން އިތުރު ދައުރަކަށް ވާދަކުރުމަށް ޓިކެޓު ކާމިޔާބުކުރިއެވެ.

އެ ތިން މެމްބަރުންނަކީ އެމްޑީޕީ ޕީޖީ ލީޑަރ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި، މަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝަރީފު(މަވޯޓާ) އާއި މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމެވެ. ޓިކެޓު ގެއްލުނީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމްދީދީ އާއި ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރަށެވެ.