Last Updated: July 1, 20:24
Tuesday, July 1, 2025
ޚަބަރު

މައްޗަންގޮޅި މެދު ދާއިރާގެ ޓިކެޓު ނަޝީދު ކާމިޔާބު ކުރައްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މައްޗަންގޮޅި މެދު ދާއިރާގެ ޓިކެޓް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ.

ނަޝީދު އެ ދާއިރާގެ ޓިކެޓް ކާމިޔާބު ކުރައްވާފައިވަނީ 267 ވޯޓު ހޯއްދަވައިގެންނެވެ. ނަޝީދާއި ޕްރައިމަރީގައި ދެން ވާދަކުރެއްވި އައިޝަތު އަލައިކާއަށް ލިބިފައިވަނީ 52 ވޯޓެވެ.

އެމްޑީޕީގެ ޓިކެޓު ނަޝީދު ކާމިޔާބު ކުރެއްވިއިރު، ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް މަޖިލީހަށް ކުރިމަތިނުލެވޭނެ އިސްލާހެއް ދާދިފަހުން ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. ރައްޔިތުން މަޖިލީހުގެ އިންތިހާބުތަކާ ބެހޭ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަބްދުއްލަތީފު މުހައްމަދެވެ.

މި އިސްލާހާ ގުޅިގެން ލަތީފް އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، އެ އިސްލާހު އަނބުރާ ނެގުމަށް ޖުމްހޫރީ ޕާޓީން ވެސް ވަނީ ލަތީފަށް އަންގާފައެވެ. ނަމަވެސް އަދި މިހާތަނަށް އޭނާ އިސްލާހު އަނބުރާ ނަގާފައެއް ނުވެއެވެ.