Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

ހިތަދޫ އުތުރު މިފަހަރުވެސް އަސްލަމަށް

މިއަދު ބޭއްވުނު އެމްޑީޕީގެ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީގައި އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ޓިކެޓް މިފަހަރުވެސް ފާއިތުވެދިޔަ ތިން ދައުރުގައި ގޮނޑި ތަމްސީލު ކުރެއްވި މުހައްމަދު އަސްލަމް ކާމިޔާބު ކުރައްވައިފިއެވެ.

އަސްލަމް ޓިކެޓު ކާމިޔާބު ކުރެއްވީ ދެން އެންމެ ކައިރިން ވާދަކުރި ފަޒާ އަހުމަދުގެ މައްޗަށް 184 ވޯޓުގެ އިތުރަށް ހޯދައިގެންނެވެ. ދެ ވޯޓު ފޮށިން އަސްލަމަށް 565 ވޯޓު ލިބިފައިވާއިރު އަހުމަދަށް ލިބިފައިވަނީ 381 ވޯޓެވެ.

ކެންޑިޑޭޓް ނަމްބަރު 1، އަހުމަދު ހިސާމަށް ލިބިފައިވަނީ ޖުމުލަ 136 ވޯޓެވެ. ދޭއް، އަސްފަރު ވަހީދަށް ލިބިފައިވަނީ 134 ވޯޓެވެ. ދެން މިދާއިރާއަށް ވާދަކުރެއްވި މުހައްމަދު އިބްރާހިމް(އެމްއައި) އަށް ލިބިފައިވަނީ 71 ވޯޓެވެ.

އަސްލަމަކީ މަޖިލީހުގެ ޓިކެޓު ކާމިޔާބު ކުރި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ތަޖުރިބާ ހުންނެވި، އެންމެ ގިނަ ދުވަސްވަންދެން މަޖިލީހުގައި މަސައްކަތް ކުރެއްވި މެމްބަރެވެ.