Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

މަރޭ ބަލިކޮށް ނިހާދު ފޭދޫ ޕްރައިމަރީ ކާމިޔާބުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ބޮޑު ތަފާތަކުން މުހައްމަދު ނިހާދު ކާމިޔާބުކޮށްފިއެވެ.

މިއީ ނިހާދު އެމްޑީޕީ ޕްރައިމަރީ ޓިކެޓު ކާމިޔާބުކުރި ދެވަނަ ފަހަރެވެ. 2014 ވަނަ އަހަރުވެސް ނިހާދު އެމްޑީޕީ ފޭދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރިއެވެ. ނަމަވެސް މަޖްލިސް ގޮޑި ވަނީ ނާކާމިޔާބުވެފައެވެ.

މިއަދު ކުރިއަށް ގެންދިޔަ ޕްރައިމަރީ ނިހާދު ކާމިޔާބު ކުރީ 910 ވޯޓުންނެވެ. ނިހާދު އާއި ވާދަކުރި އަހުމަދު މަރުޒޫގު (މަރޭ)އަށް ލިބުނީ 457 ވޯޓެވެ.

ފޭދޫގެ މިފަހަރުގެ ޕްރައިމަރީއަކީ މެމްބަރުން އެންމެ މަދުން ވާދަކުރި ޕްރައިމަރީއެވެ.