Last Updated: April 25, 08:57
Thursday, April 25, 2024
ރިޕޯޓް

ހިސާން އާއި ރޮޒޭނާގެ ދެކަނބަލުން ޕްރައިމަރީ ޓިކެޓު ހޯދިއިރު ދިޔާނާގެ ދެކަނބަލުން ފެއިލް!

އިއްޔެ ބޭއްވި އެމްޑީޕީގެ މަޖްލިސް ޕްރައިމަރީ ޓިކެޓު ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މިހާރުގެ މެމްބަރު ރޮޒެއިނާ އާދަމްގެ ދެކަނބަކުންނާއި ރައީސް ނަޝީދުގެ ލީގަލް ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިންގެ ދެކަނބަލުން ކާމިޔާބު ކުރައްވައިފިއެވެ.

ޕްރައިމަރީން ނާކާމިޔާބުވި ދެމަފިރިންނަކީ ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ހުސެއިންގެ ދެކަނަބަލުންނެވެ.

ރޮޒޭނާ އައްޑޫ މީދޫ ދާއިރާގެ ޓިކެޓު ކަށަވަރު ކުރިއިރު ފިރިކަލުން ނާޝިޒު ވަނީ ކިނބިދޫ ދާއިރާގެ ޓިކެޓު ކަށަވަރު ކުރައްވާފައެވެ.

ހިސާން ހުސެއިން ކާމިޔާބު ކުރެެއްވީ ތުޅާދޫ ދާއިރާގެ ޓިކެޓެވެ. ނާޒިލް ޓިކެޓު ހޯއްދެވީ ހިތަދޫ ދެކުނު ދާއިރާގެ މިހާރުގެ މެމްބަރު އަލީ ނިޒާރު ބޮޑު ތަފާތަކުން ބަލިކުރުމަށްފަހުއެވެ.

މިފަހަރުގެ ޕްރައިމަރީން ބޮޑު ނާކާމިޔާބަކާއި ދިޔާނާ ކުރިމަތިވެވަޑައިގަންނަވަން ޖެހުނީ ވިލިނގިލީ ދާއިރާއިންނެވެ. ދިޔާނާ ބަލިކޮށް އެދާއިރާގެ ޓިކެޓު ހޯއްދެވީ ވިލިނގިލި ކައުންސިލްގެ ރައީސް ހާރޫން ރަޝީދެވެ.

ޖާބިރު ބަލިވީ ކާށިދޫ ދާއިރާގެ ޕްރައިމަރީންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ޖާބިރަށް ޕްރައިމަރީ ގެއްލުމުން އެމްޑީޕީ ޓިކެޓުގައި މަޖްލިސްއަށް ވާދަކުރުމުގެ ފުރުސަތު ގެއްލުނީއެވެ.