Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

"ގުޑް ނިއުސް" ގެ ޝޫޓިންގ އަކްޝޭއާއި ކަރީނާ ފަށައިފި

އަކްޝޭ ކުމާރު އަދި ކަރީނާ ކަޕޫރު އެކުގައި ފެނިގެންދާ ފިލްމް" ގުޑް ނިއުސް" ގެ ޝޫޓިންގ މުމްބާއީގައި އެ ދެތަރިން އިއްޔެ ފަށައިފިއެވެ.

މި ފިލްމުގައި އަކްޝޭއާއި ކަރީނާގެ އިތުރުން ކިއާރާ އަދްވާނީ، ދިލްޖީތު ދޯސަންޖް ފެނިގެންދާނެއެވެ. ކިއާރާ އަދި ދިލްޖީތު ހިމެނޭ މަންޒަރުތަކުގެ ޝޫޓިންގތައް މި ދެތަރިން ވަނީ ނޮވެމްބަރުމަހު ފަށާފައެވެ.

މި ފިލްމުގެ އިތުރުން ކަރީނާ އަދި އަކްޝޭ ވަނީ ބެލުންތެރިންގެ ސަޕޯޓް ލިބިފައިވާ ފިލްމުތަކެއް އެކުގައި ކުޅެފައެވެ. އޭގެ ތެރޭގައި "އަޖްނަބީ"، "ކަމްބަކްތު އިޝްގް"، "އެއިތުރާޒް"، "ތަޝަން" އަދި "ބޭވަފާ" ހިމެނެއެވެ.

ފިލްމް" ގުޑް ނިއުސް" ޑައިރެކްޓަރަކީ ރާޖް މެހެތާއެވެ. އަދި ޕްރޮޑިއުސަރަކީ ކަރަން ޖޯހަރުއެވެ. މި ފިލްމު އުފައްދަނީ ދަރްމާ ޕްރޮޑަކްޝަނުންނެވެ.

ދެން އެންމެ އަވަހަށް އަކްޝޭ ފެނިގެންދާނީ ފަރިނީތީ ޗޯޕުޅާއާއެކު ފިލްމް"ކޭސަރީ" އިންނެވެ. އަދި ކަރީނާ ފެނިގެންދާނީ ރަންވީރް ސިންގް، ވިކީ ކޯޝަލް، ޖާންވީ ކަޕޫރް، އަނިލް ކަޕޫރު، އަދި ބޫމީ އާއެކު ފިލްމް"ތަޚްތު" އިންނެވެ.