Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

މޫނަށް ސްޕްރޭ ޖެހުމަށްފަހު ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފި

ހުޅުމާލެ ސެންޓްރަލް ޕާކު

ހުޅުމާލޭގައި މީހެއްގެ މޫނަށް ސްޕްރޭ ޖެހުމަށްފަހު ގިނަ އަދަދެއްގެ ފައިސާ ތަކެއް ފޭރިގެންފިއެވެ.

ފުލުހުން ބުނީ ފައިސާ ފޭރިގެންފައިވަނީ ހުޅުމާލެ ފިއުލް ސަޕްލައިގެ ފައިސާ އިސްލާމިކް ބޭންކަށް ޖަމާކުރަން ދަނިކޮށް ދެމީހަކު އައިސް އޭނާގެ މޫނަށް މޫވް ސްޕްރޭ ޖެހުމަށްފަހު ކަމަށެވެ.

މި މައްސަލަ ފުލުހުން ތަހްގީގު ކުރަމުން އަންނަ އިރު މިކަމާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ. ފުލުހުން ދަނީ މައްސަލަ ތަހްގީގު ކުރަމުންނެވެ.