Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

"ޓޯޓަލް ދަމާލް" ގެ އާ ޕޯސްޓަރެއް އަޖޭ ޝެއަރ ކޮށްފި

އިންދަރް ކުމާރުގެ ފިލްމް ސިލްސިލާ "ދަމާލް" ގެ ތިންވަނަ ފިލްމު ކަމަށްވާ "ޓޯޓަލް ދަމާލް" ނެރެން ތައްޔާރުވެފައިވާ އިރު އެ ފިލްމުގެ އާ ޕޯސްޓަރެއް، ފިލްމުގެ ބަތަލުންގެ ތެރޭގައި ހިމެނޭ އަޖޭ ދޭވްގަން ޓްވިޓާގައި ޝެއަރ ކޮށްފިއެވެ.

ހެއްވާ މަޖާ މަންޒަރުތައް ދައްކުވައިދޭނެ ކަމަށް ބެލެވޭ މި ފިލްމުގައި އަޖޭގެ އިތުރުން އަނިލް ކަޕޫރު، މާދުރީ، އަރްޝަދް ވަރްސީ، ރިތޭޝް ދޭޝްމުކް، ޖާވިދު ޖާފްރީ، ޖޯނީ ލީވާ އަދި އީޝާ ގުޕްތާ ފެނިގެންދާނެއެވެ.

ޕޯސްޓަރު ޝެއަރ ކުރަމުން ކެޕްޝަނުގައި އަޖޭވަނީ މިއަދު އެ ފިލްމުގެ ޓްރެއިލާ ފެންނާނެ ކަމަށް ބުނެފައެވެ. މި ޕޯސްޓަރަކީ މިހާތަނަށް ދައްކާލި މި ފިލްމުގެ 4 ވަނަ ޕޯސްޓަރެވެ.

މި ސިލްސިލާގެ ފިލްމުތަކަށް ވަނީ ސަޕޯޓަރުންގެ ވަަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.