Last Updated: April 20, 17:12
Saturday, April 20, 2024
ޚަބަރު

ސިޔާސީ ދާއިރާއަށް ނިކުންނަން އުޅޭ ވާހަކަ ކަރީނާ ދޮގުކޮށްފި

ކަރީނާ ކަޕޫރު ޚާން

އިންޑިއާގެ ބޯޕާލްގެ އިލެކްޝަނުގައި ކަރީނާ ކަޕޫރު ޚާން ބައިވެރިވާން އުޅޭ ކަމުގެ ވާހަކަ ބައެއް ފަރާތްތަކުން ރިޕޯޓް ކޮށްފައިވާއިރު، ސިޔާސީ ދާއިރާއަށް އޭނާ ނިކުންނަން ނޫޅޭ ކަމަށް ކަރީނާ ބުނެފިއެވެ.

38 އަހަރުގެ ކަރީނާ އެވާހަކަތައް ދޮގު ކުރަމުން ބުނެފައިވަނީ އޭނާ ބޭނުންވަނީ ފިލްމީ ދާއިރާއިން ކުރިޔަށްދާން ކަމަށެވެ.

"އެ ރިޕޯޓް ތަކުގައި އެއްވެސް ހަގީގަތެއް ނެތް. އަހަރެން އެ ދިމާލަކަށް ދާން އެއް ފަހަރު ވެސް ވިސްނާފައެއް ނެތް. އަހަރެން އަމާޒު ހުރީ ހަމައެކަނި ފިލްމުތަކަށް" ކަރީނާ ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން ކޯޑިނޭޓަރު ޔޮގެންދްރަ ސިންގް ޗޯހާން ކޮންގްރެސްގެ ރައީސް ރާހުލް ގާނދީއަށް ފޮނުވާފައިވާ ސިޓީއެއްގައި ބޯޕާލްއިން ބީޖީޕީ ބަލިކުރުމަށްޓަކާ އެ ގޮނޑިއަށް ނެރެން އެންމެ ރަނގަޅު ކެންޑިޑޭޓަކީ ކަރީނާ ކަޕޫރު ޚާން ކަމަށް ބުނެފައިވެއެވެ. އަދި ކަރީނާއަށް ޕާޓީގެ ޓިކެޓް ދިނުމާމެދު އެއްބަސް ކުރުވަން ޗޯހާން ޗީފް މިނިސްޓަރު ކަމަލް ނާތުއާއި ބައްދަލު ކުރުމަށް އެޕޮއިންޓްމަންޓް އަކަށް ބޭނުންވެގެން އުޅެފައިވާ ކަމަށް ވެސް އެ ރިޕޯޓްތައް ބުނެއެވެ.