ސްރީލަންކާގެ އިންސްޕެކްޓަރު ޖެނެރެލް އޮފް ޕޮލިސް (އައިޖީޕީ) މރ. އެން.ކޭ އިލަންގަކޫންގެ ދެކަނބަލުން ކޮމިޝަނަރު އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒުގެ ދަޢުވަތަކަށް ރާއްޖެ ވަޑައިގަންނަވައިފި އެވެ.
އިއްޔެ މެންދުރު މރ. އެން.ކޭ އިލަންގަކޫންގެ ދެކަނބަލުން ރާއްޖެ ވަޑައިގެންނެވުމުން އެބޭފުޅުންނަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަޕޯޓުން މަރުހަބާ ވިދާޅުވީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަހީދު އެވެ.
މި ދަތުރުފުޅަކީ ސްރީލަންކާ ޕޮލިސް އާއި މޯލްޑިވްސް ޕޮލިސް ސަވިސް އާއ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމަށާއި ފުލުހުންނަށް ބޭނުންވާ ތަޢުލީމާއި ތަމްރީނު ފުރުޞަތު ފޯރުކޮށް ދިނުމާއި ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
މީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަވިސްގެ އިންސްޓިޓިއުޓް ފޮ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޑް ސްޓަޑީޒްގެ ފުރަތަމަ ގުރެޖުއޭޝަން ސެރެމޮނީ ޝަރަފްވެރިކޮށް ދެއްވަން ހަމަޖެހިފައިވަނީ ވެސް ޝްރީލަންކާގެ އިންސްޕެކްޓަރު ޖެނެރަލް އެވެ.
މި ދަތުރުފުޅުގައި ސްރީލަންކާ އައިޖީޕީގެ އަރިހުގައި އެތަނުގެ ޑެޕިއުޓީ އިންސްޕެކްޓަރު ޖެނެރެލް އޮފް ޕޮލިސް ބައިވެރިވެ ވަޑައިގެންނެވި އެވެ.