Last Updated: April 23, 20:38
Tuesday, April 23, 2024
ޚަބަރު

ކުރިން ނުކެރިތިބި ފަރާތްތަކުން މިއަދު އަޑުއުފުލާ މަންޒަރު ފެނުމުން އުފާވޭ: މަހްލޫފް

ރައީސް ޔާމީންގެ ސަރުކާރުގައި އިނގިޔެއްވެސް ހަލުވާލަން ނުކެރި ތިބި ފަރާތްތަކުން މިއަދު އެކި ކަންކަމުގައި އަޑުއުފުލާ މަންޒަރު ފެނުމުން އުފާވާކަމަށް މިނިސްޓަރު އޮފް ޔޫތް އެންޑް ސްޕޯޓްސް އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހްލޫފް ކުުރެއްވި ޓްވީޓްގައި ވިދާޅުވީ " ރައީސް ޔާމީންގެ ސަރުކާރުގައި ހިޔާލު ފާޅުކޮށްލަން، މުޒާހަރާ ކޮށްލަން އަދި އަދި އިނގިއްޔެއް ވެސް ހަލުވާލަން ނުކެރިތިބި ފަރާތްތައް މިއަދު އެކި ކަންކަމުގަ އަޑުއުފުލާ މަންޒަރު ފެނުނީމަ އުފާވޭ" މިހެންނެވެ.

މަހްލޫފްގެ ޓްވީޓްގައި ވަނީ ވޭތުވި 5 އަހަރު ހައްގުތައް ކަށަވަރުކޮށް ދިނުމަށް މަސައްކަތް ކުރެއްވި ހިތްވަރުގަދަ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.