Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

މިއަދު ވެސް ރިސޯޓެއްގައި ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ

ރިސޯޓެއްގައި ފަތުރުވެރިއަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ފިހާޅޮހި ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއެކެވެ.

މި އަހަރު ފެށުނު ފަހުން ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިން މަރުވާ މައްސަލަ ވަނީ އިތުރުވެފައެވެ. އެ ގޮތުން މި މަހުގެ 19 އަދި 20 މި ދެދުވަހު ވެސް ދެ ރިސޯޓެއްގައި ފަތުރުވެރިންވަނީ މަރުވެފައެވެ.