Last Updated: July 23, 18:20
Friday, July 24, 2026
ޚަބަރު

ހަބަރުދާރު! ރައީސް ނަޝީދު އާއި ކުޅެން ނޫޅޭތި: މުސްތަފާ

ކުރިން ރައީސްކަން ކުރައްވާފައިވާ ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ނުލެވޭގޮތް ހެދުމަށް ބިލް ހުށަހަޅަން އުޅޭ ކަމަށް ވާހަކަ ދެކެވޭ މި ދަނޑިވަޅުގައި ރައީސް މުހައްމަދު ނަޝީދާއި ކުޅެން ނޫޅުމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އެފަދަ ފަރާތްތަކަށް އިންޒާރު ދީފިއެވެ.

މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސެމީ ފައިނަލުން ބަލިވީމަ ފައިނަލް ކުޅެވޭ ބިލް ފާސްކުރަން ފުރުސަތު ނުދެއްވާނެ ކަމަށެވެ.

" ހަބަރުދާރު" ރައީސް ނަޝީދު އާއި ކުޅެން ނޫޅޭތި. ސެމީ ފައިނަލުން ބަލިވީމަ ފައިނަލް ކުޅެވޭ ބިލް ފާސްކުރަން ފުރުސަތެއް ނުދޭނަން" މުސްތަފާ ވިދާޅުވިއެވެ.