Last Updated: July 1, 23:03
Wednesday, July 2, 2025
ޚަބަރު

އަދާލަތު ޕާޓީގެ އިނގުރައިދޫ ދާއިރާގެ ޕްރައިމަރީ ހުކުރު ދުވަހު ބާއްވަނީ

2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ރ. އިނގުރައިދޫ ދާއިރާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ މެދުގައި ބާއްވާ ޕްރައިމަރީ އަންނަ ހުކުރު ދުވަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އިނގުރައިދޫ ދާއިރާގެ ޕްރައިމަރީ ހުކުރު ދުވަހު ބާއްވަން ނިންމާފައިވަނީ އަދާލަތު ޕާޓީގެ އިންތިހާބާއި ބެހޭ ކޮމިޓީންނެވެ.

އިނގުރައިދޫ ދާއިރާ ހިމެނޭ ގޮތަށް އަދާލަތު ޕާޓީއިން މި އިންތިޚާބުގައި 13 ދާއިރާއަކަށް ކުރިމަތިލާނެ އެވެ. އެއީ އިނގުރައިދޫ ދާއިރާ، ކެލާ ދާއިރާ، ވައިކަރަދޫ ދާއިރާ، ކުޅުދުއްފުށީ އުތުރު ދާއިރާ، މަކުނުދޫ ދާއިރާ، ކާށިދޫ ދާއިރާ، މަހިބަދޫ ދާއިރާ، މުލަކު ދާއިރާ، ނިލަންދޫ ދާއިރާ، ގަމު ދާއިރާ އަދި ފުވައްމުލަކު ދެކުނު ދާއިރާ އާއި ފޭދޫ ދާއިރާގެ އިތުރުން މާފަންނު ދެކުނު ދާއިރާ އެވެ.

އެ 13 ދާއިރާއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ހުޅުވާލާފައިވާ ފުރުސަތު މިދިޔަ އާދިއްތަ ދުވަހު ވަނީ ހަމަވެފައެވެ.