Last Updated: April 25, 11:25
Thursday, April 25, 2024
ޚަބަރު

ޝާހްގެ ދަރި އާރްޔަންގެ ފޭސްބުކް އައިޑީ ހެކްކޮށްފި

މަޝްހޫރު ބޮލީވުޑް ސުޕަސްޓާރ ޝާހްރުކްޚާންގެ ދަރިފުޅު އާރްޔަން ޚާންގެ ފޭސްބުކް އައިޑީ ހެކް ކޮށްފި ކަމަށް އާރްޔަން އޭނާގެ އިންސްޓަގްރާމް ބޭނުން ކޮށްގެން ސަޕޯޓަރުންނަށް އަންގައިފިއެވެ.

މިއީ ބޮލީވުޑްގެ މަޝްހޫރު ފަރާތެއްގެ އައިޑީ ހެކް ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. ތަފާތު އެކި ފަހަރު މަތިން މީގެ ކުރިން ވެސް މަޝްހޫރު ތަރިން ކަމަށްވާ އަމީތާބް ބައްޗަން، ޝާހިދު ކަޕޫރު، އަބީޝެކް ބައްޗަން ފަދަ ތަރިންގެ އެކައުންޓްތައް ވެސް ވަނީ ހެކް ކޮށްފައެވެ.

މީޑިއާގެ ކުރިމަތީގައި ވަރަށް ލަދުން ހުންނަ ކަމަށް ފާހަގަ ކުރެވޭ އާރްޔަން މިހާރު ކިޔަވަމުންދަނީ ކެލިފޯނިއާގައެވެ. އޭނާގެ ސޯޝަލް މީޑިއާ ފޮލޯވާސް ވަރަށް ގިނަކަން ފާހަގަ ކުރެވެއެވެ.

އާރްޔަން ބޮލީވުޑަށް ތައާރަފް ކުރަން ކަރަން ޖޯހަރު ތައްޔާރުވަމުންދާ ޚަބަރު މިދުވަސްކޮޅު ވަނީ ފެތުރިފައެވެ. އެހެން ނަމަވެސް މި ވާހަކަތަކަކީ މާއާރުލާ ވާހަކަތަކެއް ކަމަކަށް މިހާތަނަށް ފާހަގަ ކުރެވިފައެއް ނުވެއެވެ.