Last Updated: April 23, 18:00
Tuesday, April 23, 2024
ޚަބަރު

މި ގައުމުގައި ދީނާއި ފުށުއަރާ ފިކުރެއް ދިރިޔަ ދީގެން ނުވާނެ: ނިޒާރު

ސަތޭކަ އިންސައްތަ މުސްލިމް މި ގައުމުގައި ދީނާއި ފުށުއަރާ ފިކުރެއް ދިރިޔަދީގެން ނުވާނެކަމަށް އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އަލީ ނިޒާރު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައިމިވަނީ ދާދި ފަހުން ރައްޔިތުންގެ ހާއްސަ މަޖިލީހާއި މަޖިލީގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ) ކީރިތި ރަސޫލާއަށް ބަދުބަސް ބުނެ ކޮށްފައިވާ ޓްވީޓަކާއި ގުޅިގެން ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ހިތްހަމަނުޖެހުން އޭނާއަށް އަމާޒުވެ ފާޑުކިޔަމުންދާ ދުވަސްކޮޅެއްގައެވެ.

މި މައްސަލައިގާ ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާ އެކަން ކުށްވެރިކުރައްވާފައެވެ.

ނިޒާރުގެ ޓްވީޓްގައި އެ ބޭފުޅާ އިތުރަށް ވިދާޅުވީ " "ހޮޅި" ވާހަކަ ދައްކައިގެން ތިޔަ ފިކުރެއް ފެތުރޭނެ ކަމަށް ހީވުމަކީ ގޯހެއް" މިހެންނެވެ.