Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ކ. ހިންމަފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

ފޮޓޯ: ޕޮލިސް ލައިފް

ކ. ހިންމަފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މި މީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކ. ހިންމަފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. އަދި މި ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ ހޯމަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި އެރަށު ފަޅު ގެއެއްގެ ތެރެއިން ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން އެ މީހާ ހުއްޓުވައި ބަލައިފާސްކުރަން އުޅުމުން އޭނާ ވަނީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަަބަރު ޕެކެޓްތަކެއް އަނގަޔަށް ލާފަ ކަމަށާއި އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާގެ އަނގައިގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.

މިމައްސަލަ މިހާރު ދަނީ ހިންމަފުށި ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންނެވެ.