Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

މިނިވަން ދުވަހުގެ ހަރަކާތަށް ރައީސް ސޯލިހު ލަންކާއަށް

ރައީސް ސޯލިހް ފްލައިޓުން އެރިވަޑައިގަންނަވަނީ: ފޮޓޯ -ރައީސް އޮފީސް

ލަންކާގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް ބާއްވާ ރަސްމީ ހަފްލާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ މަހު ލަންކާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް ސޯލިހު ލަންކާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ. މި ދަތުރުފުޅަކީ އެމަނިކުފާން ރައީސް ކަމުގެ މަގާއި ހަވާލުވެވަޑައިގެންނެވި ފަހުން ލަންކާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ނަމަވެސް ނުރަސްމީ ދަތުރުފުޅެއްގައި މިދިޔަ މަހު ރައީސް ވަނީ ލަންކާއަށް ވަޑައިގެންފައެވެ.

ލަންކާގެ މިނިވަން ދުވަހަކީ ފެބްރުއަރީ 4 ވަނަ ދުވަހެވެ.