Last Updated: June 10, 06:03
Wednesday, June 10, 2026
ޚަބަރު

ނިހާނު ނިކުންނަވަނީ ތިނަދޫ ދެކުނު ދާއިރާއަށް

އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ކެންޑިޑޭޓެއްގެ ގޮތުގައި ތިނަދޫ ދެކުނު ދާއިރާއަށް ކުރިމަތިލައްވާނެކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާނު ހަސަން މަނިކު އިއްލާން ކުރައްވައިފިއެވެ.

ވިލިމާލެ ދާއިރާގެ މަޖްލިސް މެމްބަރުކަން މިހާރު ކުރައްވަމުން އަންނަ ނިހާނު މިއަދު ކުރެއްްވި ޓްވީޓެއްްގައި ވިދާޅުވީ ރައީސް ޔާމީންގެ ޕީޕީއެމް/ޕީއެންސީ ޕާޓީން ތިނަދޫ ދެކުނު ދާއިރާއަށް ނިކުންނަން ނިންމާފައިވާ ކަމަށެވެ.

ތިނަދޫ ދެކުނު ދާއިރާއަށް ނިހާނު ވާދަކުރައްވާ އިރު މިހާރުވެސް އެދާއިރާ ތަމްސީލު ކުރައްވާ އަބްދުﷲ އަހުމަދުވެސް ވާދަކުރައްވައެވެ. އަބްދުﷲ އަހުމަދު ތިނަދޫ ދެކުނު ދާއިރާގެ މަޖްލިސް އިންތިހާބު 2014 ވަނަ އަހަރު ކާމިޔާބު ކުރެއްވީ ޖުމްހުރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްްވައިގެންނެވެ.