Last Updated: June 10, 14:00
Wednesday, June 10, 2026
ޚަބަރު

ޑްރަގާ ގުޅިގެން ހިތަދޫ މީހެއްގެ މައްސަަ ޕީޖީ އަށް

މަސްތުވާތަކެތި އެތެރެ ކުރަން އުޅުނުކަމަށް ތުހުމަތު ސ. ހިތަދޫ މީހަކާ އެކު ތިން މީހެއްގެ މައްސަލައިގެ ތަޙުޤީޤު ނިންމައި ދަޢުވާ ކުރުމަށް ޕްރޮސެކިޔުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

މި މައްސަލާގައި ދަޢުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައިވަނީ ހިތަދޫ، މޮހޮރީގެ، އިބްރާހީމް އަމްޖަދު، 26، އާއި ތ. ގުރައިދޫ، ކޮޕީގެ، ޙަސަން ޝަރީފް، 28، އަދި ގދ. މަޑަވެލި، އިވަރްހައުސް، އަޙްމަދު ޖަމްޝީދު، 25، ގެ މައްޗަށެވެ.

މި ތިން މީހުންގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައިވަނީ 2013 ފެބްރުއަރީ 20 ވަނަދުވަހުގެ 14:45 އެހާކަށްހާ އިރު ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވެގެން ދިވެހި ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލަ އާ ގުޅިގެންނެވެ.

މި މީހުންގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.