Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ވަރޫން "އޭބީސީޑީ 3" ގެ ޝޫޓިންގ ފަށައިފި

ރެމޯ ޑިސޫޒާގެ ފިލްމް "އޭބީސީޑީ" ސީރީޒްގެ 3 ވަނަ ފިލްމު ކަމަށްވާ "އޭބީސީޑީ 3" ގެ ޝޫޓިންގ އެ ފިލްމުގެ ފިރިހެން ބަތަލު ވަރޫން ދަވަން ފަށައިފިއެވެ.

ޕަންޖާބްގައި ޝޫޓިންގ ނެގުމަށް ދަތުރު ފަށަމުން ވަރޫން ވަނީ ފްލައިޓްގެ ތެރޭގައި އެ ޚަބަރު އޭނާގެ ސަޕޯޓަރުންނަށް ވީޑިއޯއެއް ޝެއަރ ކޮށް ދީފައެވެ. އަދި ސަޕޯޓަރުންގެ ހެޔޮއެދުން އެ މަސައްކަތަށް ދިނުމަށް ވެސް އޭނާ އެދިފައިވެއެވެ.

ވަރޫންގެ އިުރުން މި ފިލްމުގައި ޝްރައްދާ ކަޕޫރު، ޝަކްތީ މޯހަން އަދި ސޯނަމް ބާޖްވާ ހަރަކާތްތެރިވާނެއެވެ.

ވަރޫންގެ އެންމެ ފަހުގެ މަސައްކަތަށް ބަލާއިރު އޭނާވަނީ ދާދި ފަހުން އަބީޝެކް ވަރްމަންގެ ފިލްމް" ކަލަންކް" ނިންމާލާފައެވެ. އަދި މީގެ އިތުރުން އާރްޔަން މުކަރްޖީގެ ފިލްމަކުން ވެސް އޭނާ ފެނިގެންދާނެއެވެ.