Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

ސީ އެމްބިއުލާންސް ސިފައިންނާއި ހަވާލުކުރީ އިތުބާރު ކުރެވޭތީ: ރައީސް

ސީ އެމްބިއުލާންސްގެ ހިދްމަތް ފޯރުކޮށް ދިނުމަށް ސިފައިންނާއި ހަވާލުކޮށްފައިވަނީ ސިފައިންނަށް ފުރިހަމަ އިތުބާރު ކުރެވޭތީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

64 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ސިފައިންގެ ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސިފައިންނަކީ ކޮންމެ ފަދަ ހާލަތެއްގައިވެސް ފަސްޖެހުމެއް ނެތި ހިދްމަތް ދެމުންދާ ބައެއް ކަމަށެވެ.

"މި ފަހުން ތަޢާރުފުކުރި ޚިދުމަތްތަކުގެ ތެރެއިން، ސީ އެމްބިއުލާންސްގެ ޚިދުމަތްވެސް، ސިފައިންނާ ހަވާލުކޮށްފައި އެވަނީ،ކޮންމެފަދަ ޙާލަތެއްގައިވެސް، ފަސްޖެހުމެއްނެތި، އެ ޚިދުމަތް ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އޮންނާތީ. މޫސުން ގޯސްވެ، ޢާއްމުކޮށް ދަތުރުފަތުރު ނުކުރެވޭ ޙާލަތްތަކުގައިވެސް، ސިފައިން އަންނަނީ އެ ޚިދުމަތް ފޯރުކޮށްދެމުން."

ރައީސް ވިދާޅުވީ މޫސުމް ގޯސްވެ އާއްމުކޮށް ދަތުރުފަތުރު ނުކުރެވޭ ހާލަތް ތަކުގައިވެސް ސިފައިން އަންނަނީ ހިދްމަތް ފޯރުކޮށްދެމުން ކަމަށެވެ.

ސިފައިންނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެއްވެސް ހާލަތެއްގައި ސިފައިންގެ މައްޗަށް ޢައިރު ގާނޫނީ އަމުރެއް ނުކުރައްވާނެކަމަށާއި، ސިފައިން އަބަދުވެސް ހުވާ މަތީގައި ތިއްބެވުމަށެވެ.