Last Updated: April 20, 11:14
Saturday, April 20, 2024
ޚަބަރު

ބޭސްފަރުވާއަށްފަހު ރައީސް މައުމޫންގެ ދެކަނބަލުން މާލެ ވަޑައިގެންފި

ފޮޓޯ: ސީއެންއެމް

ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި އެ މަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ބޭސްފަރުވާއަކަށް އިންޑިއާގެ ކޮއިންބަތޫރަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރޭ މާލެ ވަޑައިގަންނަވައިފިއެވެ.

ރައީސް މައުމޫނު މި ދަތުރުފުޅުގައި ކޮއިންބަތޫރަށް ވަޑައިގެންނެވީ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އެމަނިކުފާނު ރޭ މާލެ ވަޑައިގެންނެވީ މަހެއްހާ ދުވަހު އިންޑިއާގައި އުޅުއްވުމަށްފަހުގައެވެ. ރައީސް މައުމޫނު މާލެ ވަޑައިގެންނެވިއިރު، މައުމޫނު ރިފޯމް މޫމަންޓުގެ އިސް ބޭފުޅުންނާއި ސަޕޯޓަރުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ގޮސް ތިއްބެވިއެވެ.

ފަހަކަށް އައިސް އެ މަނިކުފާނުގެ ބަލިހާލަތު ދޭތެރެ ދޭތެރެއިން ދަށަށް ދާކަމަށް އާއިލާއިން އަބަދުވެސް ބުނަމުން ދެއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނު ޖަލުގައި ބަންދު ކުރައްވާފައި ބެހެއްޓެވި ދުވަސްތަކުގައި ހާލު ދެރަވެގެން ގިނަ ފަހަރުމަތިން ވަނީ ހޮސްޕިޓަލަށް ވެސް ގެންދެވިފައެވެ.މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައިވެސް ރައީސް މައުމޫނު ވަނީ މެލޭޝިއާއަށް ވަޑައިގެން ބޭސްފަރުވާ ކުރައްވާފައެވެ.