Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

ބަހަން ގެންނަ ހެލްމެޓު އަތޮޅުތަކަށް ވެސް ލިބޭނެ: ޓްރާންސްޕޯޓް

ބަހަން ގެންނަ 5000 ހެލްމެޓުގެ ތެރެއިން ބައެއް އަތޮޅުތަކަށް ދޫކުރުމަށް ނިންމާފައިވާކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ހެލްމެޓް ގަނެދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް އިއްލާންކޮށްފައެވެ. މިނިސްޓްރީގެ އިއްލާންގައި ބުނެފައިވަނީ ހެލްމެޓު ވިއްކަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދީއްތަ ދުވަހުގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުމަށެވެ.

މިނިސްޓްރީން ހެލްމެޓު ގެނެސް ބަހަން ނިންމުމާއި ގުޅިގެން އައްޑޫ އަދި ލ. އަތޮޅު ލިންކު ރޯޑުގައި ދުއްވާ ފަރާތްތަކަށް ހެލްމެޓު ނުދީ ސިނަމާލެ ބްރިޖް ބޭނުން ކުރާ ފަރާތްތަކަށް ހެލްމެޓު ދޭތީ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ނަމަވެސް މިނިސްޓްރީން ބުނީ މިއީ ހަމައެކަނި މާލެއަށް ގެންނަ ހެލްމެޓެއް ނޫންކަމަށާއި އަތޮޅުތަކަށްވެސް ހެލްމެޓު ދޫކުރާނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވިދާޅުވެފައެެވެ.

ސަރުކާރުން ވަނީ ސިނަމާލެ ބްރިޖުން ދަތުރުކުރާއިރު، އަންނަ މާޗު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓް އަޅަން މަޖުބޫރުކޮށްފައެވެ. ހިލޭ 5000 ހެލްމެޓު ބެހުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން ހެލްމެޓު ބަހަން ނިންމާފައި ވަނީ ޓްރެފިކަށް އާންމުން ހޭލުންތެރިކުރުމަށް ބާއްވާ ބޮޑު ކެމްޕެއިނެއްގައެވެ.