Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ސިފައިންގެ ފްލެޓާއި، ވެލްފެއާގެ ކަންކަން ހަރުދަނާ ކުރާނަން: ރައީސް

ސިފައިންނަށް ދޫކުރުމަށް އިމާރާތް ކުރަމުން އަންނަ ފްލެޓުތަކާއި، ސިފައިންގެ ވެލްފެއާގެ ކަންކަން މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

64 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ސިފައިންގެ ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ހުރިހާ ރައްޔިތުންނެކޭ އެއްފަދައިން، ސިފައިންނަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހިކަމުގެ މައްސަލަކަމަށެވެ. އެ މައްސަލަ ހައްލު ކުރުމަށް ހަރުދަނާ އުސޫލުތަކެއް ގާއިމް ކުރަމުން އަންނަ ކަމަށެވެ.

"ހުރިހާ ރައްޔިތުންނެކޭ އެއްފަދައިން، ސިފައިންނަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހިކަމުގެ މައްސަލަ. އެހެންކަމުން، ސިފްކޯ ހިޔާގެ ފްލެޓްތަކުގެ މަސައްކަތް، މިހާރަށްވުރެ އަވަސްކުރުމަށްޓަކައި، ހަރުދަނާ އުސޫލޫތަކެއްގެ ތެރެއިން އެ ފްލެޓްތައް ނިންމުމަށް ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުން"

ރައީސް ސޯލިހު ވިދާޅުވީ ހިދްމަތަށް ނިކުމެ ހުންނަ ސިފައިންގެ މީހާއަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ ގޭގައި ތިބޭ އާއިލާ މެމްބަރުންކަމަށެވެ. ސިފައިންނާއި ސިފައިންގެ އާއިލާތަކުގެ ވެލްފެއާގެ ކަންކަމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ހަރުދަނާ ކުރަމުން އަންނަކަމެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ.

"ޚިދުމަތަށް ނުކުމެ ހުންނަ ސިފައިންގެ މީހާއަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ، ގޭގައި ތިބޭ އޭނާގެ ޢާއިލާގެ މެމްބަރުން. ސިފައިންނަށާއި ސިފައިންގެ ޢާއިލާތަކުގެ ވެލްފެއަރގެ ކަންތައްތައްވެސް، މިހާރަށްވުރެ ހަރުދަނާކޮށް، ފަސޭހަކަމާއެކު، އަވަހަށް ޚިދުމަތް ލިބޭނެ ގޮތްތަކެއް އަޅުގަނޑުމެން މި އަންނަނީ ރާވަމުން"

ސިފައިންނަށް ހާއްސަކޮސްގެން ހުލުމާލޭގައި ހަދަމުންދާ ފްލެޓުތަކުގެ މަސައްކަތް ރައީސް ސޯލިހުވަނީ ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު ބައްލަވާ ލައްވާފައެވެ.