Last Updated: March 29, 13:51
Friday, March 29, 2024
ޚަބަރު

ހުޅުމާލެ ހައިވޭގައި އެކްސިޑެންޓެއް ހިނގައި މީހެއްގެ ފައި ބިނދިއްޖެ

ހުޅުމާލެ ހައިވޭގައި ސައިކަލަކާއި ވޭނެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހެއްގެ ފައި ބިނދިއްޖެއެވެ.

މިއަދު މެންދުރު 2:55 ހާއިރު ހިނގި މި އެކްސިޑެންޓުގައި ފައި ބިނދިފައިވަނީ 61 އަހަރުގެ ފިރިހެނެއްގެއެވެ. އޭނާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނީ އެމީހާ ހޮސްޕިޓަލަށް ގެނައިއިރު ވާތުފައިގެ ކުޑަހުޅުގެ ކަށިގަނޑު ބިންދައިގެން ގޮސް، ކަށިގަނޑު ބޭރަށް ނުކުމެފައިވާ ކަމަށެވެ.

މިއަދު ހެނދުނުވެސް ހައިވޭ މަތީގައިވަނީ އެކްސިޑެންޓެއް ވެފައެވެ. ހުޅުމާލެ ބްރިޖް ހުޅުވި ފަހުން އެތަނުގައި އެކްސިޑެންޓު ހިނގުން ވަނީ އާއްމުވެފައެވެ.