Last Updated: June 10, 13:14
Wednesday, June 10, 2026
މުނިފޫހިފިލުވުން

އަނިލް އާއި ތާބޫގެ ޖޯޑް އަލުން އަންނަނީ

މީގެ ކުރިން އެކުގައި މަަސައްކަތްކޮށްފައިވާ ބޮލީވުޑްގެ ސީނިއާ ތަރިންގެ ތެރޭގައި ހިމެނޭ އަނިލް ކަޕޫރާއި ތާބޫ އެކުގައި އަލުން ފިލްމެއްގެ މަސައްކަތް ފަށަން ހަމަޖެހިއްޖެ އެވެ.

އެ ދެ ތަރިން އެކުގައި މި ފަހަރު ކުޅޭ ފިލްމަކީ އިޓަލީގެ ފިލްމެެއް ކަމަށްވާ "ލައިފް އިޒް ބިއުޓިފުލް" އަސްލަކަށް ބަލައިގެން އަބިޝެކް ޝަރްމާ ޑައިރެކްޓް ކުރާ "ޝަރްމާޖީ ކާ އެޓޮމް ބޮމްބް" އެވެ.

ޕޫޖާ ޝެޓީ ޕްރޮޑިއުސް ކުރާ މި ފިލްމުގެ މަސައްކަތް ފަށަން ހަމަޖެހިފައި ވަނީ މި އަހަރުގެ ފަހުކޮޅު އެވެ. މިއީ ހެއްވާ މަޖާ ފިލްމެކެވެ.

ތާބޫ އާއި އަނިލް ކަޕޫރު އެންމެ ފަހުން އެކުގައި ފެނިފައި ވަނީ 1999 ވަނަ އަހަރުގެ "ބީވީ ނަމްބަރު 1" އިންނެެވެ. މީގެ އިތުރުން "ވިރާސަތު" އަކީ ވެސް ތާބޫ އާއި އަނިލްގެ ޖޯޑް ފެނިގެން ދިޔަ ކާމިޔާބް ފިލްމެކެވެ.

ކުރިން ޕްލޭންކޮށްފައި އޮތީ "ޝަރްމާޖީ ކާ އެޓޮމް ބޮމްބް" ގެ ޝޫޓިން އަންނަ މަހު ފަށާ ގޮތަށެވެ. އެހެން ނަމަވެސް އަނިލް ކަޕޫރު "24" ގައި ބިޒީވުމާއި ތާބޫ ވެސް "މެންޓަލް" ގައި ބިޒީވުމުން ފިލްމްގެ ޝޫޓިން އެ ދެ ތަރިންގެ ތާރީހަށް ފިޓްވާ ގޮތަށް ރޭވީ ކަމަށް އަބިޝެކް ބުންޏެވެ.

އޭނާ ވެސް މިވަގުތު އުޅެނީ އިތުރު ފިލްމެއްގައި ބިޒީކޮށެވެ. އެއީ "ތޭރޭ ބިން ލާދިން" ގެ ސީކްއެލް "ތެރޭ ބިން ލާދީ 2" ގެ މަސައްކަތުގަ އެެވެ.