Last Updated: April 20, 16:27
Saturday, April 20, 2024
ޚަބަރު

އައްޑޫ މޭޔަރާއި އެކު މަހަށް ފުރި ލޯންޗު ފެނިއްޖެ

އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު، ސޯބެ އާއި އެކު އިއްޔެ ހަވީރު މަހަށް ފުރި ލޯންޗުގެ ހަބަރެއް ނުވެގެން އެމްއެންޑީއެފްގެ އެހީތެރިކަމާއި އެކު ހޯދަމުން ދަނިކޮށް އެލޯންޗުގެ ހަބަރެއް ވެއްޖެއެވެ.

އިއްޔެ ހަވީރު 4:30 ހާއިރު މަހަށް ފުރި ލޯންޗުގެ ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން ކޯސްޓުގާޑަށް ގުޅާފައިވަނީ ފަތިހު 5:30 ހާއިރުއެވެ. އެރިޕޯޓާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ލޯންޗު ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްއެންޑީއެފްއިން މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

"އައްޑޫލައިވް"އަށް އެނގިފައިވާ ގޮތުގައި ލޯންޗުގެ ހަބަރެއް ހޯދުމަށް ކޯސްޓުގާޑަށް ގުޅާފައިވަނީ ލޯންޗުން ދަތުރުކުރި އެއްވެސް މީހަކާއި ފޯނުން ނުގުޅިގެންނެވެ. ނަމަވެސް މިހާރު ލޯންޗާއި ގުޅިފައިވާ އިރު އެލޯންޗު އޮތީ ގަމާއި ދިމާލަށް ބޭރުގައި މަސްވެރިކަން ކުރުމަށްކަމަށް މައުލޫމާތުލިބެއެވެ. އަދި މިހާރު ލޯންޗު ހިތަދޫއަށް އައުމަށް ދަނީ ދަތުރު ކުރަމުންނެވެ.