މެލޭޝިއާގެ މަޝްހޫރު 7 ޔުނިވަސީޓީ ބައިވެރިވާ "އިންޓަނޭޝަނަލް އެޑިއުކޭޝަން އެކްސްޕޯ" މިއަދު ހަވީރު މާލޭގައި ފަށާނެކަމަށް އެކްސްޕޯ އިންތިޒާމް ކުރާފަރާތުން ބުނެފިއެވެ.
ކިއު ސްޓަޑީއިން ބުނީ މިއަދު ހަވީރު 4 އިން އަދި ރޭގަނޑު 10 އަދި މާދަމާ ހަވީރު 4 އިން ރޭގަނޑު 10 އަށް މާލެ ސީއެޗްއެސްސީގައި އެކްސްޕޯ ކުރިއަށްދާނެކަމަށެވެ.

މިފަހަރުގެ އެކްސްޕޯގައި ބައިވެރިވާ ޔުނިވާސިޓީ ތަކުން، ބިޒްނަސް އަދި އިންޖިނިއަރިން ކޯސްތަކުގެ އިތުރުން އައިޓީ ދާއިރާތަކުގެ ކޯސް ތަކުގެ މައުލޫމާތު ފޯރުކޮށްދޭނެކަމަށެވެ. އަދި ކިޔަވަންދާ ފަރާތްތަކަށް ޕްލޭސްމަންޓު ދިނުމާއި އެޑްމިޝަން އަދި މެލޭޝިއާގައި ކިޔަވަން ތިބުމުގެ ވިސާގެ ކަންކަން ހަމަޖައްސައިދިނުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
މާލޭގެ އިތުރުން މިމަހުގެ 26 ވަނަ ދުވަހު މެންދުރު 2 އިން ހަވީރު 6 އަށް ގދ. ތިނަދޫ އަތޮޅު ތައުލީމީ މަރުކަޒަުގައި އެކްސްޕޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އައްޑޫ ސިޓީ ހިތަދޫ ނޫރާނީ ސްކޫލްގައި އަންނަ އާދީއްތަ ދުވަހު ހަވީރު 4 އިން ރޭގަނﷲޑު 9އަށް އެކްސްޕޯ ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މިއެކްސްޕޯއަށް ޒިޔާރަތް ކުރައްވައި ކޯހުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އައިޕޯން އަދި އައިޕެޑްގެ އިތުރުން ޔޫރަޕް، ހޮންކޮންގް އަދި ޕުކެޓަށް ދަތުރެއް އަދި 1000 މެލޭޝިއާ ރިންގިޓްގެ އިނާމުތައް ވަނީ ހުށަހަޅާފައެވެ.
އެކްސްޕޯ އާއި ގުޅޭ މައުލޫމާތު 9902788 ނަންބަރު ފޯނުން ސާފު ކުރެވޭނެއެވެ.