Last Updated: July 25, 09:39
Saturday, July 25, 2026
ޚަބަރު

ނަޒާހަތްތެރި މަޖިލީހެއް އުފެއްދުމަށް އެމްޑީޕީން އާ ގަވާއިދެއް އެކުލަވާލައިފި

ކުރިއަށް އޮތް 19 ވަނަ މަޖިލީހަކީ ނަޒާހަތްތެރި މަޖިލީހަކަށް ހެދުމަށް ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީން މަޖިލިސް ގަވާއިދު ބަދަލުކޮށް އާ ގަވާއިދެއް އެކުލަވާލައިފިއެވެ.

އެމްޑީޕީގެ ޓިކެޓުގައި މައްޗަނގޮޅި މެދު ދާއިރާއަށް ވާދަކުރައްވާ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިކަން އިއުލާން ކުރެއްވީ މިއަދު ހެނދުނު އޮތް ރާއްޖެ ޓީވީގެ ޕްރޮގުރާމެއްގައެވެ. ނަޝީދު ވިދާޅުވީ، އާ މަޖިލިސް ނަޒާހަތްތެރި މަޖިލީހަކަށް ހެދުމަށް މި ގަވާއިދު އެމްޑީޕީ ކެމްޕޭނުގައި ތައާރަފް ކުރެވޭނެ ކަމަށެވެ.

މި ގަވާއިދުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކަންކަން ހާމަކަން ބޮޑު ގޮތެއްގެ ގޮތުގައި ކުރެވިގެން ދާނެ ކަމަށް ވިދާޅުވިއެވެ.

އިތުރު ތަފްސީލަށް ރައީސް ނަޝީދު ވަޑައިނުގެންނެވި ނަމަވެސް ޑްރާފްޓު ނެރޭނެކަން އިއުލާން ކުރެއްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާން ހާމަނުކުރާ މައްސަލާއާއި ގަވާއިދުން މަޖިލީހަށް ހާޒިރުނުވާ މައްސަލައަކީ ވަރަށް ގިނައިން ދެކެވޭ ވާހަކައެކެވެ.

ނަމަވެސް އެކަމަށް ފިޔަވަޅެއް ނޭޅި މަޖިލިސް މެމްބަރުންނަށް ވަރަށް ބޮޑު ލުއިތަކެއް ވަނީ ދެވިފައެވެ.