Last Updated: June 10, 00:02
Wednesday, June 10, 2026
ޚަބަރު

މޫދު ކުޅިވަރަށް ހާއްސަކޮށްގެން ގައުކެނޑި ޗެކްޕޯސްޓު އަލުން ހަދަނީ

ކެފޭ އަކާއި އެކު މޫދު ކުޅިވަރަށް ހާއްސަކޮށްގެން ގައުކެނޑި ޗެކް ޕޯސްޓު އަލުން ހެދުމަށް ކައުންސިލުން ހުއްދަދީ އެގްރިމެންޓް މުއްދަތު އާކޮށްދީފިއެވެ.

ގައުކެނޑި ޗެކް ޕޯސްޓު މޫދު ކުޅިވަރަށް ހާއްސަކޮށް ހިންގުމަށް އިއްލާން ކުރުމާއި ގުޅިގެން އެތަން ނަގާފައިވަނީ ޑެންވަރ ޕްރައިވެޓް ލިމިޓެޑުންނެވެ. އެތަނުން ޗެކް ޕޯސްޓު މަރާމާތުކޮށް އެސަރަހައްދުގައި ކުޑަ ހަދައި މޫދު ކުޅިވަރު ކުޅެވޭނެ އިންތިޒާމު މީގެ ކުރިން ހެދިއެވެ. ނަމަވެސް އެތަން ހިންގުމުގެ ހުއްދަ ރައީސް ޔާމީންގެ ސަރުކާރުން ނުދީ ހިފެހެއްޓީ އެތަނަކީ ހައުސިން މިނިސްޓްރީގެ ތަނެއް ކަމަށް ބުނެއެވެ.

އެކަމާއި ގުޅިގެން ޑެންވަރ ޕްރައިވެޓް ލިމިޓެޑުން ހެދިތަން ނުހުޅުވި އެންމެ ފަހުން ވަނީ ވީރާނާވެފައެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާއި އެކު ކައުންސިލަށް ބިންދޫކުރުމުގެ ބާރު ލިބުމުން އަލުން އެގްރިމެންޓް ހަދައި މިއަދު ވަނީ ޑެންވަރ ޕްރައިވެޓް ލިމިޓެޑާއި ތަން ހަވާލުކޮށްފައެވެ.

ޑެންވަރ ޕްރައިވެޓް ލިމިޓެޑުން ބުނީ އެސަރަހައްދު ކުޑަ ކެފޭ އަކާއި އެކު މޫދު ކުޅިވަރަށް ހާއްސަަކޮށް އަލުން ހަދާނެކަމަށެވެ. ގައުކެނޑި ސަރަހައްދަކީ އައްޑޫގެ ގުޅިފައިވާ ރަށްތަކުން ޕިކްނިކް ދާ ސަރަހައްދެވެ.