Last Updated: June 10, 00:02
Wednesday, June 10, 2026
ޚަބަރު

އެމްޑީޕީގެ ރައީސް އެމްޑީޕީގެ ވެރިކަމެއް ވައްޓާނުލާނެ: ދިޔާނާ

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިހާރު އޮތް އެމްޑީޕީގެ ވެރިކަން ވައްޓާ ނުލައްވާނެކަމަށް ކުރީގެ ބަންޑާރަ ނައިބް އަލްއުސްތަޒާ ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ ސައީދު މިފަދައިން ވިދާޅުވެފައިވަނީ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން މިހާރު މިއޮތް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރައްވަމުންދާކަމަަށް ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ތުހުމަތު ކުރެއްވުމާއި ގުޅިގެން ކުރެއްވު ޓްވީޓެއްގައެވެ.

ވިލިނގިލީ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރައްވައި ނާކާމިޔާބުވެވަޑައިގަތް ދިޔާނާ ވިދާޅުވީ އެމްޑީޕީގެ ވެރިކަން އެމްޑީޕީގެ ރައީސް ވައްޓާ ނުލައްވާނެކަމަށާއި، ރައީސް ނަޝީދަކީ އަދި ޒުވާން ބޭފުޅެއް ކަމަށެވެ.

"ރައީސް ނަޝީދަކީ ޒުވާން ބޭފުޅެއް، ރީތި މަގުން ރައީސް ކަމަށް ވަޑައިގަތުމުގެ ފުރުސަތު އެބައޮތް، އިންޝާﷲ"

ދިޔާނާ ވަނީ މަޖްލިސްގެ ރައީސް ކަމަށް ގާސިމް ވަޑައިގެން އެންމެ ފުރަތަމަ އިސްލާހު ކުރެއްވީ ކޮން ގާނޫނެއްތޯ އާއި އެގާނޫނު އިސްލާހު ކުރެއްވީ ކީއްވެތޯ ސުވާލު އުފައްދާފައެވެ.

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ރައީސް ކަމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލު ގާސިމް މަޖްލިސްގެ ރައީސްކަމަށް ވަޑައިގެން ވަނީ އުވާލާފައެވެ. އެގާނޫނު އޮތް ގޮތުން ރައީސް ކަމުގެ މަގާމަށް ގާސިމްއަށް ކުރިމަތި ނުލެވޭނެއެވެ.