Last Updated: April 19, 17:23
Friday, April 19, 2024
ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ހަމަލާދިން މައްސަލައެއް ފުލުހުން ބަލަނީ

ހިތަދޫ ޕޮލިސް ސްޓޭޝަން

ހިތަދޫ ސައި ހޮޓަލެއްގެ ތެރޭގައި ފިރިހެނަކު ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ހަމަލާދިން މައްސަލައެއް ހިތަދޫ ފުލުސް ސްޓޭޝަނުން ބަލަން ފަށައިފިއެވެ.

ސޯޝަލް މީޑިޔާގައި އާންމުވި ވީޑިއޯއެއްގައި ފެންނަނީ ހޮޓާ ތެރޭ އެމީހާ ގަޔަށް އާންމު މީހާ އަނގަދޮވުނު ފެން ޖަހާ ތަނެވެ. އަދި ދެވަނަ ފަހަރަށް ގޮސް ހަމަ އެމީހާ ގަޔަށް ކުޅު ޖެހި މަންޒަރު ފެނިގެން ދިޔައެވެ.

މިވީޑިއޯ އާންމުވުމާއެކު ގިނަ ބަޔަކު ވަނީ އެކަމާ ގުޅިގެން ނުރުހުން ފާޅުކޮށް، މައްސަލަ ބަލަން ފުލުހުންގެ ކިބައިން އެދިފައެވެ.

އެކްޓިން ސީޕީ ހަމީދު އަދި ފުލުހުންގެ ޓުވިޓާ ހެންޑަލް ޓެގުކޮށް ގިނަ ބަޔަކު އެމައްސަލަ ބަލައި ފިޔަވަޅު އަޅަން ގޮވާލުމުން ހަމީދު ވަނީ ހިތަދޫ ފުލުސް އޮފީހުން އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ޓުވިޓެއް ކުރައްވާފައެވެ.

އެކަމާ ގުޅިގެން ފުލުހުން އިތުރު މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.