Last Updated: July 25, 06:01
Saturday, July 25, 2026
ޚަބަރު

ޕީޕީއެމް މެމްބަރަކު ނުހޮވައި މަޖިލިސް އިންތިޚާބަށް ކޮމިޓީއެއް ހަދައިފި

ފޮޓޯ: ޓްވިޓާ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް އިލެކްޝަންސް ކޮމިޝަނާއި ޕާޓީތަކުގެ މެމްބަރުންނާއެކު 26 މެމްބަރުންގެ ލަފާދޭ ކޮމިޓީއެއް އުފައްދައިފިއެވެ.

ރާއްޖޭގައި ރަޖިސްޓްރީ ވެފައިވާ ހުރިހާ ޕާޓީއެއް ތަމްސީލު ކުރާ މެމްބަރުންނާއި އިލެކްޝަންސް ކޮމިޝަންގެ ފަސް މެމްބަރުންގެ އިތުރުން އަންހެނުންނަށް ޚާއްސަ ކުރެވިފައިވާ ޖަމިއްޔާގެ މެމްބަރަކާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ޖަމިއްޔާގެ މެމްބަރެއްވެސް ކޮމިޓީގައި ހިމެނެއެވެ.

އީސީން ބުނެފައިވަނީ ޕީޕީއެމާއި ޑީއާރުޕީން މި ކޮމިޓީއަށް މެމްބަރަކު ފޮނުވާފައިނުވާތީ އެ ދެ ޕާޓީގެ މެމްބަރުން ކޮމީޓީގައި ނުހިމެނޭނެ ކަމަށެވެ.