ސ. މަރަދޫފޭދޫ ބޯޅަ ދަނޑު ތަރައްގީ ކުރުމަށް ރާވާފައިވާ މަޝްރޫއަށް އެއް މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށާއި އެ ޕްރޮޖެކްޓްގެ ފުރަމަތަ ފިޔަވަހީގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށް މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ތޮއްޔިބް (ޓޮމް) ވިދާޅުވެއްޖެ އެވެ.
އޭނާގެ އެފްބީ ސްޓޭޓަސްގައި މިއަދު ބުނެފައި ވަނީ މަރަދޫފޭދޫ ދަނޑު ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއަށް ހަރަދު ކުރާނީ ކައުންސިލްގެ އާމްދަނީން ކަމަށެވެ. އެގޮތުން އެ މަސައްކަތަށް އެއް މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ޓޮމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަރަދޫފޭދޫ ބޯޅަ ދަނޑު ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމަށް ހިންގާ މަަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ދަނޑުގެ ވަށާ ފާރު ރާނައި ފެންސް ޖަހައި ދަނޑުގައި ލައިޓްތައް ހަރު ކުރެވޭނެ ކަމަށެވެ.