Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

ވެލާނާ އެއާޕޯޓުން ކަރަންޓު ކެނޑިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ - ފޮޓޯ: ޓްވިޓާ (ވީއައިއޭ)

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަރަންޓު ކެނޑިއްޖެއެވެ.

ވެލާނާ އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ބުނީ އެއާޕޯޓުގެ ޓާމިނަލް ސަރަހައްދުން ކަރަންޓު ކެނޑިފައިވާ ކަމަށާއި ކަރަންޓު ކެނޑިފައިވަނީ "ރިންގް މެއިން"އަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.

އަދި އެމްއޭސީއެލްގެ ޓެކްނިކަލް ޓީމުން އެކަން ހައްލުކުރުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ވެލާނާ އެއާޕޯޓުން ކަރަންޓު ކެނޑިފައި އޮންނަތާ ގިނަ އިރުތަކެއް ވެފައިވާއިރު، ކަރަންޓު ކެނޑުމާ ގުޅިގެން އެއާޕޯޓުން ދެމުންގެންދާ ހިދުމަތްތަކަށް ވަނީ ބުރޫ އަރާފައެވެެ.

ވެލާނާ އެއާޕޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެރޭ ވެސް ވަނީ ކަރަންޓު ކެނޑިފައެވެ.