Last Updated: June 10, 00:02
Wednesday, June 10, 2026
ޚަބަރު

ތާޖު އެގްޒޯޓިކާގެ ފަސް މޫދު ކޮޓަރި އަނދައިފި

ތާޖް އެގްޒޯޓިކާ ރިސޯޓު އެންޑު ސްޕާގައި ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާއެއްގައި އެރިސޯޓުގެ މޫދު ފަސް ވިލާއެއްގައި ރޯވެ އަނދައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ ރޭ ފަތިހު ހިނގި މި ހާދިސާގައި އެރިސޯޓުގެ ފަސް ވިލާއެއް އެއްކޮށް އަނދާފައިވާ ކަމަށެވެ.

މިހާދިސާގައި އެންމެ ފުރަތަމަ ރޯވި ކޮޓަރީގައި ބަޔަކު ތިބި ނަމަވެސް އެެއްވެސް މީހަކަށް ގެެއްލުމެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އެމްއެންޑީއެފްއިން ބުނީ އަލިފާނުގެ ހާދިސާގެ ރިޕޯޓު ލިބުމާއި އެކު އެމްއެެންޑީއެފް ފަޔަރ އެންޑު ރެސްކިއުގެ ޓީމެއް އެރިސޯޓަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށާއި އަލިފާން މުޅިން ނިއްވާލެވުނީ ފަތިހު 5 ޖެހިއިރު ކަމަށެވެ.

މިއީ މިމަހު ރިސޯޓެއްގައި ހިނގި މިފަދަ ދެވަނަ އަލިފާނުގެ ހާދިސާއެވެ. މިމަހު ކުރީކޮޅު ގިލިލަންކަންފުށީގައި އަލިފާން ރޯވެ އެރިސޯޓަށް ވަނީ ބޮޑެތި ގެއްލުންތަކެެއް ލިބިފައެވެ.