Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

އަތޮޅުތެރޭގެ ހޮސްޕިޓަލުތަކަށް ޑޮކްޓަރުން ހޯދަނީ

އަތޮޅުތެރޭގެ ސިއްހީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން ރީޖަނަލް ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ސްޕެޝަލިސްޓުންނާއި ޑޮކްޓަރުން ހޯދަން އިއުލާން ކޮށްފިއެވެ.

ހެލްތް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި، 164 ސްޕެޝަލިސްޓުން ހޯދަން އިއުލާން ކޮށްފައިވެއެވެ. ގައިނަކޮލޮޖިސްޓުންނާއި، ޕީޑިއަޓްރިޝަނުންނާއި، އީއެންޓީ ޑޮކްޓަރުންނާއި، ފިޒީޝިއަނުންގެ އިތުރުން ސާޖަނުން ހޯދަން އިއުލާން ކޮށްފައިވެއެވެ.

މިއިއުލާނުގައި ސްޕެޝަލިސްޓުންގެ މުސާރައެއްގެ ގޮތުގައި 30،990ރ. ކަނޑައަޅާފައިވާއިރު ސާވިސް އެލަވެންސުގެ ގޮތުގައި އިތުރު 10،200 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ހެލްތް މިނިސްޓަރ އަމީން އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި މީޑިޔާއަށް މައުލޫމާތު ދެއްވަމުން ވަނީ އަތޮޅުތެރޭގެ ސިއްހީ ފެންވަރު ރަނގަޅު ކުރުމަށް ވަރަށް އަވަހަށް ސްޕެޝަލިސްޓުން ފޮނުވާނެ ކަމަށެވެ.