Last Updated: June 10, 13:14
Wednesday, June 10, 2026
ޚަބަރު

ރައީސްގެ އައްޑޫ ދަތުރު އަންނަ މަހު 10 ގައި

ރައީސް މި މަހުގެ 8 ގައި އައްޑު އަށް ކުރެެއްވި ދަތުރުގެ ތެރެއިން. ފޮޓޯ/ ރައީސް އޮފީސް

މި މަހުގެ ތެރޭގައި އިތުރު ދަތުރުފުޅެއްގައި އައްޑު އަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވީ ޑރ. މުހައްމަަދު ވަހީދުގެ ދަތުރު އަންނަ މަހުގެ 10 ވަނަ ދުވަހަަށް ފަސްކޮށްފި އެވެ.

"އައްޑޫ ލައިވް" އަށް އިތުބާރު ހުރި ގޮތަކަަށް އެނގިފައިވާ ގޮތުގައި ރައީސްގެ ދަތުރު ފަސް ކުރެއްވީ ގަން އެއާޕޯޓް ތަރަައްގީ ކުރުމަށް ފަށާ މަސައްކަތުގެ ތެރެއިން ބިން ހިއްކުމަށް ކުރަން ޖެހޭ ތައްޔާރީތައް އަދިވެސް ނުވެގެންނެވެ.

ކުރިން ހަމަޖެހިފައި އޮތް ގޮތުން ރައީސް އައްޑު އަށް ވަަޑައިގަންނަވާ ގޮތަށް އޮތީ މާދަމާ އެވެ.

އެގޮތުން ރަންވޭ ދިގު ކުރަން ބިން ހިއްކާ ސަރަހައްދަށް ޑްރެޖަރު ވެއްދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ. އެހެންވެ ރައީސް އައްޑު އަށް ވަޑައިގަންނަވާނީ ޑްރެޖަރު ވައްދައިގެން މަސައްކަތް އަމަލީ ގޮތުން ފެށޭ ހިސާބަށް ދިއުމުންނެވެ.

އެއާޕޯޓް މަޝްރޫއުގެ އިތުރަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ޑައިލިސިސްގެ ހިދުމަތް ވެސް ރައީސް އައްޑު އަށް ކުރައްވާ ދަތުރުގައި ރަސްމީކޮށް ފަަށްޓަވައި ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް ޑރ. ވަހީދު އެންމެ ފަހުން އައްޑު އަށް ވަަޑައިގެންނެވީ މި މަހުގެ 8 ވަނަ ދުވަހު އެވެ. އަދި ފުރާވަޑައިގެންނެވީ އިތުރު ދަތުރެއްގައި މި މަހު އަނެއްކާ ވެސް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.