Last Updated: June 6, 22:03
Saturday, June 6, 2026
ޚަބަރު

ޝާހް އެންމެ ކަންބޮޑުވަނީ ފޫހި ފިލްމުތަކެއް ކުޅެންޖެހިދާނެތީ

ބޮލީވުޑްގެ "ބާދްޝާހް" ޝާހްރުކްޚާން އެންމެ ކަންބޮޑުވަނީ އެއް ދުވަހަކުން މަސައްކަތް މަތިން ފޫހިވެ، މަސައްކަތް ކުރާހިތް ނުވާ ކަހަލަ ފޫހި ފިލްމުތަކެއް ކުޅެން ޖެހިދާނެތީ ކަމަށް އޭނާ ބުނެފިއެވެ.

ބްލޮކްބަސްޓާ އެތައް ފިލްމުތަކެއް ގެނެސްދީފައިވާ ޝާހްގެ އެންމެ ފަހުގެ ފިލްމް" ޒީރޯ" އެހާ ރަނގަޅަށް ހިނގާފައެއް ނުވެއެވެ. އެ ފިލްމުގެ ނާކާމިޔާބާއި ގުޅިގެން ދެއްކި ވާހަކަތަކުގައި އޭނާވަނީ އޭނާގެ ކަންބޮޑުވުން މީޑިއާއާއި ހިއްސާކޮށްފައެވެ.

އޭނާ ކަންބޮޑުވަނީ 40 ދުވަހުން އަވަހަށް މަސައްކަތްކޮށް ފިލްމެއް ނިންމާ ރަނގަޅު އާމްދަނީއެއް ލިބޭތޯ އިންތިޒާރުގައި ހުންނަންޖެހޭ ދުވަސް އައިސްދާނެތީ ކަމަށް ބުނެފައެވެ.

ކެޓްރީނާ ކެެއިފް އަދި އަނުޝްކާ ޝަރުމާއާއެކު ޝާހް ފެނިގެންދިޔަ ފިލްމު ޒީރޯއަށް ފަހު މިހާރު އޭނާ ތައްޔާރުވަނީ "ޑޯން" ގެ ތިންވަނަ ފިލްމަށެވެ.