Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

އޭކްތާ ކަޕޫރަށް ފިރިހެން ދަރިއަކު ލިބިއްޖެ

ޑްރާމާ ސިލްސިލާތައް އަދި ފިލްމު ޕްރޮޑިއުސަރެއް ކަމަށްވާ އޭކްތާ ކަޕޫރަށް ފިރިހެން ދަރިއަކު ލިބިއްޖެއެވެ.

އޭނާގެ ދަރިފުޅު އުފަންކުރުވާފައިވަނީ ސަރޮގެސީކޮށް އެހެން މީހެއްގެ ރަހިމުންނެވެ. ދަރިފުޅު އުފަންވެފައިވަނީ 27 ޖެނުއަރީގައި ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރެއެވެ.

އިންޑިއާގެ އޮންލައިން ނޫހެއް ކަމަށްވާ "މުމްބާއީ މިރާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދަރިފުޅުގެ ހާލު ރަނގަޅެވެ. އަދި ވަރަށް އަވަހަށް އެ ކުއްޖާ ގެއަށް އަންނާނެއެވެ.

މިގޮތަށް ކުއްޖަކު ހޯދަން އޭކްތާ ހިތްޖައްސުވާފައިވަނީ އޭނާގެ ކޮއްކޮ ތުޝާރު ކަޕޫރުކަމަށް ވެދާނެއެވެ. ތުޝާރު ވެސް އޭނާގެ ފުރަތަމަ ދަރިފުޅު ލަކްޝްޔާ ކަޕޫރު ހޯދާފައިވަނީ ސަރޮގެސީކޮށެވެ.