Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

މާމެންދޫ ކޯޓު ފަޅާލައި 13،000 އަށް ވުރެ ގިނަ ފައިސާ ވަގަށް ނަގައިފި

ގއ. މާމެންދޫ ކޯޓު ފަޅާލައި 13،000 އަށް ވުރެ ގިނަ ފައިސާ ވަގަށް ނަގައިފި އެވެ.

އެރަށު ކޯޓު ފަޅާލައި ވައްކަން ކޮށްފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 8:00ގައި ކަމަށް ފުލުހުން ބުނެއެވެ.

މާމެންދޫ ކޯޓުގައި ހުރި ތިޖޫރިން ވައްކަން ކޮށްފައި ވަނީ ކޯޓުގެ ކުޑަ ދޮރު ހަލާކުކޮށްލައިގެން ވަދެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް މިހާރު އެރަށުގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އެހެން ނަމަވެސް މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ނުވަތަ ނޫންކަމެއް ވެސް ފުލުހުން މައުލޫމާތު ދީފައެއް ނުވެއެވެ.