Last Updated: June 10, 00:02
Wednesday, June 10, 2026
ވިޔަފާރި

ބީއެމްއެލްއަށް މިދިޔަ ކުއާޓާގައި 277 މިލިއަންގެ އާމްދަނީއެއް!

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް މިދިޔަ އަހަރުގެ ފަހު ކުއާޓާގައި 277 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެއެވެ.

ބީއެމްއެލްއިން އާއްމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފަހު ކުއާޓަރ ގައި ލިބުނު އާމްދަނީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު ތިން ޕަސެންޓު ވަނީ އިތުރުވެފައެވެ.

ބޭންކުން ބުނީ އާމްދަނީ އިތުރުވެފައިވަނީ ބޭންކުގެ ހުރިހާ ދާއިރާއަކުން ފައިދާ ލިބި، ލޯނު ދޫކުރެވުނު މިންވަރު އިތުރުވުމުގެ ސަބަބުން ކަމަށެވެ. އަދި އާމްދަނީ އިތުރު ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް މިދިޔަ ކުއާޓާގައި އެޅިފައިވާކަމަށް ބޭންކުން ބުނެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޭންކުން ހިދްމަތް ފުޅާކޮށްފައިވާ އިރު ޕީއެސްއާއި ގިނަ އޭޓީއެމް ސެންޓަރުތައް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާފައެވެ. އަދި އިޖުތިމާއީ ދާއިރާއަށްވެސް ބޭންކުން ދަނީ އެހީތެރިވަމުންނެވެ.