Last Updated: June 10, 00:02
Wednesday, June 10, 2026
ޚަބަރު

މޯލްޑިވިއަންގެ އެޖެންޓުންނަށްދޭ ކަމިޝަން ދަށްކުރަނީ

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޓިކެޓު އެޖެންޓުންނަށް މިހާރުދޭ ކަމިޝަން ދަށް ކުރުމަށް ނިންމައި އެޖެންޓުންނަށް އަންގައިފިއެވެ.

މޯލްޑިވިއަންއިން އެޖެންޓުންނަށް ފޮނުވާފައިވާ ލިޔުމެއްގައި ބުނެފައިވަނީ މިހާރު އެއްބަސްވެފައިވާ ހަތް ޕަސެންޓުގެ ކަމިޝަން ފަސް ޕަސެންޓަށް ދަށް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އަންނަ މާޗު މަހުން ފެށިގެން ޓިކެޓަކުން އެޖެންޓުންނަށް ލިބޭނީ ފަސް ޕަސެންޓުގެ ކަމިޝަނެއް ކަމަށެވެ.

"އައްޑޫލައިވް" އާއި ވާހަކަ ދެއްކި މޯލްޑިވިއަންގެ އެޖެންޓަކު ބުނީ އަލަށް ގެންނަ ބަދަލާއި ގުޅިގެން ނޯމަލް ފެއާ ޓިކެޓެއްް ވިއްކުމުން ލިބޭނީ 17 ރުފިޔާގެ ކަމިޝަނެއް ކަމަށެވެ.

މޯލްޑިވިއަންއިން ޓިކެޓު އެޖެންޓުންނަށްދޭ ކަމިޝަން ދަށް ކުރުމަށް ނިންމި ސަބަބެއް ސާފެއް ނުވެއެވެ. ނަމަވެސް ދާދި ފަހުން އެތެރޭގެ އުދުހުންތަކުގެ އަގު ސަރުކާރުގެ ވައުދު ފުއްދުމަށް މޯލްޑިވިއަންއިން ވަނީ ދަށްކޮށްފައެވެ. މި ނިންމުމާއި ގުޅިގެން މޯލްޑިވިއަންއަށް ލިބޭ އާމްދަނީ ދަށްވެގެން ދާނެއެވެ.