Last Updated: June 10, 13:14
Wednesday, June 10, 2026
މުނިފޫހިފިލުވުން

"ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ އެގެއިން"

މި އަހަރު ރިލީޒްވާން ހުރި އުންމީދީ ފިލްމްތަކުގެ ތެރޭގައި ހިމެނޭ "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ އެގެއިން" ގެ ޓްރެއިލާ މިއަދު ލޯންޗްކޮށްފި އެވެ.

އަކްޝޭ ކުމާރާއި އިމްރާން ހާން އަދި ސޮނާކްޝީ ސިންހާ ލީޑް ރޯލް ކުޅެފައިވާ މި ފިލްމަކީ އެކްތަ ކަޕޫރު ޕްރޮޑިއުސްކޮށް، މިލަން ލުތުރިއާ ޑައިރެކްޓްކޮށްފައިވާ 2011 ގެ ކާމިޔާބް ފިލްމް "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ" ގެ ސީއެކްއެލްއެވެ.

އެހެން ނަމަވެސް ކުރީ ފިލްމުގައި ހިމެނޭ ތަރިއަކު ސީކްއެލްްގައި ނުހިމެނެ އެވެ. "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ" ގައި ލީޑް ރޯލް ކުޅެފައި ވަނި އަޖޭ ދޭވްގަން، އިމްރާން ހާޝިމީ، ކަންގަނާ ރަނާވަތު އަދި ޕްރަޗީ ދެސާއީ އެވެ.

"ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ އެގެއިން" ރިލީޒް ކުރާނީ މި އަހަރުގެ ފިތުރު އީދާ ދިމާކޮށެވެ.