ޝަންގްރިއްލާގައި ހިންގަމުން އައި ޑީކޯ ޗެމްބަރ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށް ހިދްމަތް މެދުނުކެޑި ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ލިބިފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ ޝަންގްރިއްލާގެ ޑީކޯ ޗެމްބަރ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ބެހެއްޓޭނެ ކަމުގެ ޔަގީންކަން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ކައުންސިލަށް ދެއްވާފައިވާކަމަށެވެ.
ހަރަދު ބޮޑުވުމުގެ ސަބަބުން ޝަންގަރިއްލާގެ ޑީކޯ ޗެމްބަރ ބަންދުކުރުމަށް ނިންމުމާއި ގުޅިގެން ދެކުނުގެ މަސްވެރިންނާއި ޑައިވަރުން ވަނީ ކަންބޮޑުވުން ފާޅުކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އައްޑޫ ސިޓީ ކައުންސިލަށް ހުށަހަޅާފައެވެ. އަދި ކައުންސިލުން ވަނީ މިކަންބޮޑުވުން ޓޫރިޒަމް މިނިސްޓަރ އާއި ހިއްސާ ކުރައްވާފައެވެ.
ފާއިތުވި އަހަރުތަކުގައި ޑައިވް ކުރުމުގެ ތެރޭގައި ޑީކޯވި ބައެއް މީހުންނަށް ޝަންގްރިއްލާގައި ވަނީ ފަރުވާދީފައެވެ.